Sunday, September 27, 2009

Haumaldives

Haumaldives Blogging for a democratic, present and a future for the Maldivians.

1 comment:

  1. މިލިޔަނީ ހިތާއި ވަރަށް ދެކޮޅުވެ އިނދެއެވެ. ކޮންމެހެން ޒާތީވާކަށެއް ނޫނެވެ. ޒާތީވުމަކީ އަޅުގަނޑަށް ވަރަށް ބުރަކަމެކެވެ. ޒާތީވުމުގެ ޝިކާރައަކަށް ޚުދު އަޅުގަނޑު ނުހަނު ގިނައިން ވިއެވެ. އެހެންވެ ޒާތީވުމަށް އަބަދުވެސް ނަފްރަތުދެވެއެވެ.

    އެކަމަކު ޤައުމަކީ އަޅުގަނޑުގެވެސް އަދި އެހެން މީހުންގެވެސް ޤައުމުކަމަށްވެ ޤައުމުގެ ކުރިއެެރުމަށްއެދި އަޅުގަނޑުމެންގެ ޤައުމުގައި އިންތިޙާއަށް ބޮޑު މައްސަލައެއް ފާހަގަކޮށްލުމަށެވެ. ޤައުމަށް ހެވެއް އެދި އެންމެނަށް ވިސްނޭތޯއެވެ. ތިމާގެ ފުރާނަ ނުދަނީސް ވިސްނާށެވެ. ކުރާ ކޮންމެ ކަމަކީ، ބުނާ ބަހަކީ މުޅި ޤައުމުގެ ދެންތިބި މީހުންގެ ޙަޔާތަށް އުނދަގޫތަކެއް ނުވަތަ އަނިޔާވެރިކަމެއް ފާވެދާނެ ކަމެކެވެ.

    ހައުލަތުގެ ނިމުން އަދި ޙަޔާތަށް ބަލައި ޢިބްރަތް ޙާސްކުރާށެވެ. އަދި ދިވެހިރާއްޖެއާއި ރާއްޖޭގައި ކަން ހިނގާ ގޮތް ދަސްކޮށް ހައުލަތުގެ ޙަޔާތް ނިމިދިޔަގޮތް ހިތަށް ގެންނާށެވެ. އޭނާގެ އަނގައިން ކިޔާދިން ގޮތުން (މީހަކު ބުނެގެނެއް ނޫން)، އިސްލާމް ދީނުގެ ފޮތް ލިޔެއުޅޭ އަދި ޓީވީތަކަށް އަރާ އޭނާގެ ޢާއިލީ މީހަކު (ހަނދާންވާ ގޮތުން ބޮޑުބޭބެ) ގ.ކޮށްކިރި ފާރޫޤު ހައުލަތުގެ ގަޔަށް އަރައެވެ. ފުއަށްމުލަކުން މާލެ އަންނަ ފަހަރުތަކުގައި ދިމާވެއެވެ. އަދި އެކަން ހައުލަތު ރިޕޯރޓެއް ނުކުރެއެވެ. އޭގެ ބަދަލުގައި ފާރޫޤަކީ މައުމޫނުގެ އަރިސް މީހެއްކަމުން ފާރޫޤުގެ ނުފޫޒުން ދިވެހި ދައުލަތުގެ ޚަރަދުގައި އިނގިރޭސިވިލާތަށް ކިޔަވަން ދިއުމުގެ ފުރުސަތު ހޯދީއެވެ. ކިޔަވައި ނިމިގެން އެނބުރި ޤައުމަށް އައިސް ކިޔެވި އެއްޗަކުން ރައްޔިތުންނަށް ފޯރުކޮށްދެވުނު އެއްވެސް ޚިދުމަތެއް ނުވަތަ ޢިލްމެއް ނެތެވެ. ކިޔަވައި ނިންމުމަށްފަހު އިގިރޭސިވިލާތުގައި އަރާމުގައި ތާއަބަދަށް ދިރިއުޅުމުގެ ޕްލޭނެއް ކުރީއެވެ. ދިރިއުޅުނީ ޔާމީނުމެނަށް އަޅުވެތިވެގެން އެމީހުންގެ ފުށުން އިނގިރޭސިވިލާތުގެ އަގުބޮޑު ދިރިއުޅުމަށް ފައިސާ ހޯދުމަށްޓަކައި ރޯ އައުގުރާނައާއި އަދި ދޮގު ވާހަކައާއި އަދި އޮޅުން އަރާފާޑުގެ ސިޔާސީ ވާހަކަތައް އިންޓަރނެޓުގައި ލިޔެ އެއިރު ރާއްޖޭގައި ރައްޔިތުން އެންމެންވެގެން ހޮވާފައި އޮތް ސައްޙަ އަދި ފުރަތަމަ ޑިމޮކްރަޓިކް ވެރިކަން ބަދަލުކުރުމަށެވެ. ބަޣާވާތައް މަގުފަހި ކުރުމަށް މީސްތަކުންނަށް އޮޅުން އަރާ ދޮގު ވާހަކަތައް ލިޔުމުގައެވެ. އަދި ބަޣާވާތުގެ ފަހުން އެއީ ބަޣާވާތެއް ނޫންކަމަށް ބުނެ އަބަދުވެސް އޭނާ ކަންކުރިގޮތަށް ޙަޤީޤަތް އޮޅުވާލުމަށެވެ.

    (ފިލާވަޅު: 1- ދީނުގައި ޚަރާމްކުރެއްވި ކަންތައްތައް ކޮށްގެން ދުނިޔޭގެ އަރާމާއި، ލައްޒަތާއި، ޢިލްމާއި، ހުނަރާއި، މުއްސަނދިކަމާއި، ދަރީން ހޯދި އެއްކަމަކު އެތަކެތި ހޯދުމުން އަމިއްލައަށް ބޮޑެތި ފާފަތަކެއް ކުރެވުން. 2- ޤައުމެއް ނޯޅާލައި ސުންނާފަތިކުރުމަށް ހިތްވަރުދީ މީސްތަކުން ވާވައްދާލުމުން އެތަކެއް ބައެއްގެ ފައިސާއާއި، ދިރިއުޅުމާއި، އުފަލާއި، މިނިވަންކަން ގެއްލި އެމީހުންނަށް ނުސީދާކޮށް އަނިޔާވެރިވެވުން؛ 3- ކުއްލިއަކަށް މަރު އައިސް ދުނިޔޭގައި ތިމާ ސަލާމަތްވިކަމަށް ހީކުރެވުނު ކުށްފާފަ ތަކުގެ ޖަޒާތައް ލިބެން ފެށުން)

    ReplyDelete